ރާއްޖޭގެ މަޝްހޫރު ހިޖާމާ ކްލިނިކް "ފަޒީ ހިޖާމާ ކްލިނިކް" ޖޫރިމަނާކޮށް ބަންދުކުރުމަށް އަންގައިފިއެވެ.
ފަޒީ ހިޖާމާ ކްލިނިކް ބަންދު ކުރުމަށް އަންގާފައިވަނީ ހުއްދަ ނުނަގާ މަސައްކަތް ކުރާތީ ހެލްތް މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓްއިންނެވެ.
ފަޒީލާ އުސްމާންއަށް އަބަދުވެސް ގިނަ ބަޔަކު ދަނީ ކަސްޓަމަރުންނާއި މުއާމަލާތް ކުރާ ގޮތާއި މެދު ފާޑުކިޔުން އަމާޒުވަމުންނެވެ. އެގޮތުން2022 ވަނަ އަހަރު މިފަދަ މައްސަލައެއް ހޫނުވެ އެ އަހަރުވެސް ވަނީ މިނިސްޓްރީން އެތަން ބަންދުކޮށްފައެވެ.
މި މަސައްކަތް ހުއްދަ ނަގައިގެން ކުރިއަށް ގެންދާނެ ކަމަށް ފަޒީލާ ބުނެފައިވާއިރު، ހެލްތު މިނިސްޓްރީން ބުނެފައިވަނީ ފަޒީލާއަށް އެއްވެސް ހުއްދައެއް އަދި ދީފައި ނުވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނާތީ ފަޒީލާއާއި ދެކޮޅަށ ފިޔަވަޅު އެޅުމަށް، ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ނިންމާފައިވާކަަމަށެވެ.
އެގޮތުން ފަޒީލާ ޖޫރިމަނާ ކުރާނީ ހެލްތް ޕްރޮފެޝަންލްގެ ގާނޫނުގެ ދަށުން ލައިސެންސް ނެތި ޚިދުމަތް ދޭތީ75،000ރ އަށް ވުރެން ބޮޑު ނޫން އަދަދަކުންނެވެ.
އެ ކުލިނިކުން ދުވާލެއްގެ މައްޗަށް 30 ވަރަކަށް މީހުން ޚިދުމަތް ހޯދާއިރު ދުވާލެއްގެ މައްޗަށް30،000 ރުފިޔާއަށް ވުރެން ބޮޑު އާމްދަނީއެއް ލިބޭ ކަމަށް ފަޒީލާ ވަނީ ބުނެފައެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ800،000 އެއްހާ ރުފިޔާއެވެ.
ފަޒީލާއަކީ އިނގިރޭސި ވިލާތުގެ ޔޫކޭގެ ހިޖާމާ ނޭޝަންސް ޑިޕްލޮމާ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް