ކަނޑުމަތިން ހާލުގައި ޖެހުނު ލޯންޗަކަށް ހޮޅުދޫ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ހަ މީހަކާއެކު ކަނޑުމަތީގައި ހާލު ޖެހުނު ލޯންޗަކަށް ނ. ހޮޅުދޫ ޕޮލިހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ނޫނު ޕޮލިހުން މިއަދު ބުނެފައިވާގޮތުގައި އެ ލޯންޗަކީ ނ. ލަންދޫއިން ފުރައިގެން ރ. ދުވާފަރަށް ދަތުރުކު...

04 Jun 2024 | 05:44

ހަ މީހަކާއެކު ކަނޑުމަތީގައި ހާލު ޖެހުނު ލޯންޗަކަށް ނ. ހޮޅުދޫ ޕޮލިހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ނޫނު ޕޮލިހުން މިއަދު ބުނެފައިވާގޮތުގައި އެ ލޯންޗަކީ ނ. ލަންދޫއިން ފުރައިގެން ރ. ދުވާފަރަށް ދަތުރުކުރި ލޯންޗެއް ކަމަށާއި އެ ލޯންޗުގައި ދެ އަންހެނަކާއި ހަތަރު ފިރިހެނަކު ތިބި ކަމަށެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ލޯންޗު ނ. ހޮޅުމީދުއާއި ނ. ފޮއްދުއާއި ދެމެދު އިންޖީނު ހުއްޓިފައި އޮތްކަމަށްބުނެ ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް އެ މަޢުލޫމާތުދިނީ އެ ލޯންޗުގެ ކެޕްޓަން ކަމަށެވެ.

ހޮޅުދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީ އެ ލޯންޗު މިހާރު ނ. ފޮއްދުއަށް ގެންގޮސްފައިވާކަމަށްވެސް ނޫނު ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް