މަޖިލިސް ކުރިމަތީގައި ހުރި ސައިކަލުތަކެއްގައި ރޯ ކޮށްލައިފި

ރައްޔިތުން މަޖިލިސް ކުރިމަތީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯ ކޮށްލައިފިއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި މަޖިލިސް ކުރިމަތީގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޯކޮށްލާފަ...

04 Jun 2024 | 05:15

ރައްޔިތުން މަޖިލިސް ކުރިމަތީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯ ކޮށްލައިފިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި މަޖިލިސް ކުރިމަތީގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޯކޮށްލާފައިވާއިރު ސައިކަލުތައް ކައިރީގައި ޕާކު ކޮސްފައި އޮތް ވޭނަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. ރޭ ދަންވަރު ހިނގި މި ހާދިސާގައި ތިން ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.މީގެއިތުރުން އެ ސައިކަލުތައް ކައިރީގައި ޕާކުކޮށްފައިވާ އިތުރު ހަތަރު ސައިކަލަށްޝާއި، ވޭނަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

ސައިކަލުތަކުގައި ރޯކޮށްލަނިކޮށް ފެނުނު މީހަކު ތުހުމަތު ކުރާ ގޮތުގައި ސައިކަލުތަކުގައި ރޯކޮށްލާފައި މީހަކު ވަނީ ފިލާފައެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ރޭ2:55 ހާއިރު ސިފައިނުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި ރޭ3:03 ހާއިރު މި ހާދިސާއާއި ގުޅިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ވަގުތު ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލުމަށް ވަނީ މަސައްއކަތް ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލއިގައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް