ނުކުޅެދުންތެރިކަން ހުންނަ ތިން މީހަކު ހިމެނޭހެން ރާއްޖެއިން މި އަހަރު މިހާތަނަށް ފުރި ޙައްޖާޖީންގެ އަދަދު 650 އަށް

ރާއްޖެއިން މި އަހަރު ޙައްޖަށްދާ ޙައްޖާޖީންގެ ދެވަނަ ފްލައިޓް އިއްޔެ ފުރައިފިއެވެ. މި ފްލައިޓްގައި ދިވެހި 354 ޙައްޖާޖީއަކު ދަތުރުކޮށްފައިވާކަމަށް ޙައްޖު މިޝަނުން ބުނެއެވެ. އިއްޔެ ޙައްޖަށް ފުރި ދިވެހިން...

04 Jun 2024 | 01:25

ރާއްޖެއިން މި އަހަރު ޙައްޖަށްދާ ޙައްޖާޖީންގެ ދެވަނަ ފްލައިޓް އިއްޔެ ފުރައިފިއެވެ. މި ފްލައިޓްގައި ދިވެހި 354 ޙައްޖާޖީއަކު ދަތުރުކޮށްފައިވާކަމަށް ޙައްޖު މިޝަނުން ބުނެއެވެ.

އިއްޔެ ޙައްޖަށް ފުރި ދިވެހިންގެ ފްލައިޓްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހަކު ދަތުރުކޮށްފައިވާއިރު އެ ފަރާތްތަކަށް ފަސޭހަވާނެހެން ޙާއްޞަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށް ޙައްޖު މިޝަނުން ބުނެއެވެ.

އިއްޔެ 354 ޙައްޖާޖީއަކު ފުރާފައިވާއިރު މިދިޔަ ހުކުރު ދުވަހު ފުރި ފުރަތަމަ ފްލައިޓުން 296 ޙައްޖާޖީއަކު ދަތުރުކޮށްފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޙައްޖަށް ފުރި ޙައްޖާޖީންގެ އަދަދު މިވަނީ 650 އަށް އަރާފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނެފައިވާގޮތުގައި ތިންވަނަ ފްލައިޓް އަންނަ ހުކުރު ދުވަހު ފުރަން ހަމަޖެހިފައިވާއިރު ހަތަރުވަނަ ފްލައިޓް ފުރަން ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުއެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު 1150 ޙައްޖާޖީއަކު ޙައްޖަށް ދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. މި އަހަރު ރާއްޖެއަށް ލިބުނު ޙައްޖު ކޯޓާ އެކުގައި ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް