އައްޑޫ ސިޓީ މަރަދޫ ދާއިރާގެ ކައުންސިލަރު އަހުމަދު ނާދިރު (ޗިޅާ) ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
އޭނާ ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު ފޯމު ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެވެ. އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގެން އުޅުއްވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެވެ.
ޗިޅާ އައްޑޫ ކައުންސިލަށް އިންތިހާބުވީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ. އޭނާ މިއަދާ ހަމައަށްވެސް ހުންނެވީ އެގޮތުގަ އެވެ.
އޭނާ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން އައްޑޫ ކައުންސިލުގައި ތިއްބަވާ އެމްޑީޕީ ކައުންސިލަރުންގެ އަދަދު އަށަކަށް އިތުރުވާނެ އެވެ. އެއީ މޭޔަރު އަލީ ނިޒާރުއާ އެކު އެވެ.
ތޭރަ ކައުންސިލަރުންގެ މައްޗަށް އެކުލެވޭ އައްޑޫ ސިޓީ ކައުންސިލުގައި ދެން ހިމެނިވަޑައިގަންނަވާނީ ޕީޕީއެމްގެ ތިން ކައުންސިލަރަކާއި އަމިއްލަ ދެ ކައުންސިލަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް