އާބަންކޯއާއި، ޓީ-ހަބާއި ދެމެދު ޓެކްނޮލޮޖީ ޓްރަންސްފާ ކުރުމަށް އެއްބަސްވެއްޖެ

އަރބަންކޯއާއި، ޓީ-ހަބާއި ދެމެދު ޓެކްނޮލޮޖީ ޓްރަންސްފަރ ކުރުމަށް އެއްބަސްވުމެއް އެކުލަވާލައިފި އެވެ. މިކަން ހާމަކޮށް އާރބަންކޯ އިން މިއަދު ބުނީ އަރބަންކޯއާއި ޓީ-ހަބް ފައުންޑޭޝަނާއި ދެމެދު ޓެކްނޮލޮޖީ އަ...

04 Jun 2023 | 11:32

އަރބަންކޯއާއި، ޓީ-ހަބާއި ދެމެދު ޓެކްނޮލޮޖީ ޓްރަންސްފަރ ކުރުމަށް އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

މިކަން ހާމަކޮށް އާރބަންކޯ އިން މިއަދު ބުނީ އަރބަންކޯއާއި ޓީ-ހަބް ފައުންޑޭޝަނާއި ދެމެދު ޓެކްނޮލޮޖީ އަދި އިނޮވޭޝަން ބްރިޖެއް ޤާއިމްކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އަރބަންކޯއާއި، ޓީ-ހަބް ފައުންޑޭޝަންއާއި ދެމެދު އިނޮވޭޝަން އަދި ޓެކްނޮލޮޖީ ޓްރަންސްފަރ ކުރެވިގެންދާނެ ކަމަށް އާރބަންކޯ އިން ބުނެފައި ވެއެވެ.

އަދި ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އީޖާދީ އީކޯސިސްޓަމެއް ބިނާކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އާރބަންކޯ އިން ހާމަކުރެއެވެ.

އާރބަންކޯ އިން ބުނީ އަރބަންކޯއާއި ޓީ-ހަބް ފައުންޑޭޝަންއާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމަކީ ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

މިގޮތުން އަރބަންކޯގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ޓީ-ހަބް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޑެލިވަރީ އޮފިސަރ އާނިޝް އެންތަނީއެވެ.

ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އަރބަންކޯގެ ސްމާޓްކޮމް ބްރޭންޑުން ދަނީ އެކަމަށް ބޭނުންވާ ޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް