ބ. ފުޅަދޫ އާ އިންޖީނުގޭގައި ހިދުމަތް ދޭން ފަށައިފި

ބ.ފުޅަދޫ އާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އަލަށް އިމާރާތް ކުރި އާ އިންޖީނަކާއިއެކު މިހާރު ދިމާވާ ގިނަ ދަތިތަކަށް ހައ...

04 Jun 2023 | 11:27

ބ.ފުޅަދޫ އާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އަލަށް އިމާރާތް ކުރި އާ އިންޖީނަކާއިއެކު މިހާރު ދިމާވާ ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ފެނަކާ ބުނެފައިވެއެވެ.

މީގެ ކުރިން ފުޅަދޫގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރަނީ 160، 128 އަދި 80 ކިލޯވޮޓުގެ 3 ޖަނަރޭޓަރެއަކަމަށް ވާއިރު އާ އިންޖީނުގެ ހުޅުވިގެން ދިޔައީ ކެޕޭސިޓީ އިތުރަށް ފުރިހަމަ ކުރުމަށްފަހު 250 ކިލޯވޮޓުގެ އާ އިންޖީނަކާ އެކު ކަމަށްވެސް ބުނެއެވެ.

ފެނެކާއިން ބުނީ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ މި އާ އިންޖީނުގޭގައި އިންޖީން ރޫމާއި، ޕެނަލް ރޫމްގެ އިތުރުން އޮފީސް ބައެއް ވަނީ ހަދާފައިއެވެ.

މިވަގުތު އެ ރަށުގައި ކަރަންޓު ބޭނުން ކުރާ އަދަދު މަދުވި ނަމަވެސް ގެސްޓްހައުސްތައް އަލުން ހުޅުވުމުން އިންޖީނުތަކަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް މީގެ ކުރިން ފުޅަދޫ ފެނަކަ އޮފީހުން ބުނެއެވެ. އެހެންކަމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ދިމާވެދާނެ ދަތިތަކަށް އާ އިންޖީނުގެ އާ އެކު ހައްލު ލިބިގެން ދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބ. ފުޅަދޫއަކީ މިހާރުވެސް ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރަމުންދާ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް