ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް މިހަފްތާގެ ބުދަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ކަމަށް ހައިކޯޓުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލަ އެކޯޓުގައި ރަޖިސްޓްރީ ކުރުމަށްފަހު އަޑު އެހުންތައް ތާވަލު ނުކުރާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށް މިއަދު ހައިކޯޓަށް ވަޑައިގެން ހައިކޯޓުގެ ރަޖިސްޓްރާއާއި ބައްދަލު ކުރެއްވުމަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އެވެ.
އެގޮތުން އަބްދުއްރަހީމް ވިދާޅުވީ މިހަފްތާގެ ބުދަ ދުވަހަށް ރައީސް ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް ހައިކޯޓުގައި ތާވަލް ކުރައްވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ކޯޓުގައި އިސްތިއުނާފްކުރީ މިއަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.
ހަމައެހެންމެ މައްސަލައިގައި ހުރި ބައެއް ކަންކަން އިސްލާހުކުރުމަށް އެންގުމުން، އެކަންކަން އިސްލާހުކުރުމަށްފަހު މިދިޔަމަހުގެ ތެރޭގައި މައްސަލަ ވަނީ އަލުން ހައިކޯޓަށް ހުށަހަޅާފައެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ޝަރީއަތް ފަށާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާތަކުގެ ޝަރީއަތްވެސް ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް