ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ހާންގެ ކުރިޔަށް އޮތް ފިލްމުގައި އޭނާ އާއި އެކު ކުރީގެ ލޯބިވެރިޔާ ވީރް ޕަހާރިޔާ ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސާރާގެ ކުރިޔަށް އޮތް ފިލްމަކީ "ސްކައި ފޯސް" އެވެ. ފިލްމުގެ ޝޫޓިން މިދިޔަ މަހު ފަށާފައިވާއިރު މިހާރު ޓީމް މަސައްކަތް ކުރަމުންދަނީ އިނގިރޭސިވިލާތުގެ ލަންޑަންގައިި އެވެ.
އަކްޝޭ ކުމާރުވެސް މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމުގައި މިހާރު ޝޫޓް ކުރަމުން ދަނީ އޭނާ ހިމެނޭ ބައިތަކެވެ. އަކްޝޭގެ ބައިތައް ޝޫޓްކޮށް ނިމެން ތިން މަސްދުވަސް ހޭދަ ވާނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސާރާ އާއި ވީރްގެ ބައި އަދި ޝޫޓް ކުރާކަށް ނުފަށައެވެ. އޭގެ ތެރެއިން ސާރާގެ ރޯލު އަދި މީޑިއާއަށް ސިއްރުކޮށްފައިވާއިރު މި ފިލްމަކީ ވީރް ހިންދީ ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާ ފިލްމަށް ވާނެ އެވެ.
"ސްކައި ފޯސް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.
ވީރަކީ ސާރާގެ ކުރީގެ ލޯބިވެރިޔާ ކަމަށް އޭނާ އެއްބަސްވީ "ކޮފީ ވިތް ކަރަން" ގައި އެވެ. ޖާންވީ ކަޕޫރާއި އެކު އެރި އެ ޝޯގައި ދެ މީހުންވަނީ އެއްބަނޑު އެއްބަފާ ދެބެއިންނާއި ރައްޓެހިވެގެން އުޅުނު ކަމަށް އެއްބަސްވެފައިވެ އެވެ. އޭގެ ތެރެއިން ޖާންވީ އަދިވެސް އުޅެނީ ވީރްގެ ބޭބެ ޝީހަރާއި ރައްޓެހިވެގެންނެވެ.
ވީރާއި ޝީހަރަކީ މަޝްހޫރު ވިޔަވާރިވެރިއެއް ކަމަށްވާ ސަންޖޭ ޕަހާރިޔާގެ ދަރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް