ދިވެހި ހައްޖުވެރިން މިމަހު 12 ވަނަ ދުވަހުން ފެށިގެން ފުރަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް މިއަދު އިސްލާމިކް މިނިސްޓްރީން ބުނީ 1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފުރަން ފަށާނެ ކަމަށާއި ޙައްޖާޖީން ފުރަން ހަމަޖެހިފައި ވަނީ 6 ފްލައިޓެއްގައި ކަަމަށެވެ.
އަދި އެއީ ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުން ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު އަދި ޙައްޖުވެރިންގެ ޢަދަދު:
12 ޖޫން 2023 – މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (290 ޙައްޖާޖީން) – 15:10
13 ޖޫން 2023- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 12:50
15 ޖޫން 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00
16 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) – 15:10
16 ޖޫން 2023- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00
19 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ( 290 ޙައްޖާޖީން) – 15:10
އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ.
އެގޮތުން ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާއާއި ޢާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުތައް ހަމަޖެހިފައި ވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި ކަމަށެވެ.
ބަސް ދަތުރުތަކާއި ފެރީ ދަތުރުތައް ހަމަޖެހިފައިވާގޮތް:
ބަސް ޕޮއިންޓްތައް
މާލެ
ވެސްޓް ޕާކް
ސޯޝަލް ސެންޓަރ
01 ނަންބަރު ފާލަން
ހެންވޭރު ފެރީ ޓާމިނަލް
ހައުސިންގ މިނިސްޓްރީ
ދަރުބާރުގެ
ޒިކުރާ މިސްކިތް
ގަލޮޅު ދަނޑު
ޓޭބަލް ޓެނިސް އެސޯސިއޭޝަން (ހެންވޭރު ދަނޑު ކުރިމަތި)
އޯކިޑް / ފަރީދީ މަގު
ހުޅުމާލެ ފޭސް 1
ނިރޮޅު މަގު
ބަގީޗާ ހިނގުން
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 1
ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 2
ވިލިނގިލި
ފެރީ ޓަރމިނަލް
އިސްލާމިކް މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް