އިންޑިއާ ރޭލް އެކްސިޑެންޓު، މަރުވި މީހުންގެ ހަށިތައް އުފުލާ ގޮތަށް ފާޑުކިޔުން!

މިދިޔަ21 އަހަރު ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ ހަށިތައް އުފުލާ ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ. ތިން ރޭލު މުޑިއަރައި މި ...

04 Jun 2023 | 05:09

މިދިޔަ21 އަހަރު ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ ހަށިތައް އުފުލާ ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ.

ތިން ރޭލު މުޑިއަރައި މި އެކްސިޑެންޓު ހިނގީ އިންޑިއާގެ އިރުމަތީ ސްޓޭޓް އޮޑިޝާގެ ބަލަސޫރް ޑިސްޓްރިކްޓުގައި އެވެ. ހާދިސާ ހިނގީ ފަސިންޖަރުން އުފުލާ ދެ ރޭލާއި މުދާ އުފުލާ ރޭލެއް ޖެހިގެންނެވެ.

މި ހާދިސާގައި299 މީހުން މަރުވެ ޒަހަމްވި މީހުންގެ އަދަދު ވަނީ1،000 ން މައްޗަށް އަރާފައި އެވެ. ޒަހަމްވި މީހުންތަކާއި އެކު ބަލަސޫރްގެ ހޮސްޕިޓަލްތައް ފުރިބާރުވެ ފަރުވާ ދިނުމަށް ދަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިފަދަ ދަނޑިވަޅެއްގައި ސޯޝަލް މީޑިއާގައި ދަނީ ހާދިސާގައި މަރުވި މީހުންގެ ހަށިތަކާއި މެދު އަމަލު ކުރަމުންދާ އިހާނެތިގޮތް ފެންނަ ވީޑިއޯތައް އާންމު ކުރަމުންނެވެ. އޭގެން ވީޑިއޯއެއްގައި ފެންނަނީ މަރުވެފައިވާ ފިރިހެނުންނާއި އަންހެނުންގެ ހަށިތައް ޕިކަޕަކަށް އަރުވާތަކެވެ.

ހަށިތައް އަރުވަން ގިނަ ފިރިހެނުންތަކެއް ހަރަކާތްތެރިވާއިރު އަތާއި ފައިގަ ހިފާ ކޮންމެ މީހެއްގެ ހަށީގަނޑުވެސް ޕިކަޕު ތެރެއަށް އެއްލާލަނީ އެވެ. އަދި ހަށީގަނޑުތައް އަޅަމުން ދަނީ އެކަކު ގައިމައްޗަށް އަނެކެވެ.

މި ވީޑިއޯއަށް ކޮމެންޓު ކުރި މީހުން ވަނީ މިއީ މަރުވެފައިވާ ބައެއްގެ ހަށިގަނޑުތަކަކާއި މެދު އަމަލު ކުރަން ހެޔޮވާވަރުގެ ގޮތެއް ނޫން ކަމަށެވެ. މި އަމަލުން ފެނިގެން ދަނީ ރަހުމާއި ހަމްދަރުދީގެ ކަންފުޅެއްވެސް އެމީހުންގެ ނެތްތަން ކަމަށް ބުންޏެވެ.

ބައެއް މީހުން ވަނީ ވީޑިއޯއިން ފެންނަ މަންޒަރުން ރޮވިއްޖެ ކަމަށް ބުނެފައި އެވެ. އަދި އެއްވެސް ދީނެއްގައި މަރުވާ މީހުންނާއި މެދު އެހާ އިހާނެތިކޮށް އަމަލު ކުރުމަށް އަންގާފައި ނޯންނާނެ ކަމަށް ބުނެފައިވެ އެވެ.

https://twitter.com/ashoswai/status/1664955553745887244

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް