އިންތިހާބުގައި އައްޑޫ ސިޓީގެ މެޖޯރިޓީ ނަގާނީ ރައީސް: ރޮޒައިނާ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީގެ މެޖޯރިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ...

04 Jun 2023 | 04:43

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީގެ މެޖޯރިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރޭ އައްޑޫ ފޭދޫ އެމްޑީޕީ އޮފީސް ހުޅުވުމުގެ ތަސްމިއްޔާތަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ފޭދޫ އޮފީސް ރަސްމީކޮށް ހުޅުވައި ދެއްވީ ރައީސް ސޯލިހެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުގެ މީހުންގެ ވޯޓު ރައީސަށް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ކޮޅަކަށް ނާރާ މިނިވަންކޮށް ތިބި އާންމު ރައްޔިތުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރޮޒޭ ވިދާޅުވީ އައްޑޫ ސިޓީއަށް މި ސަރުކާރުން ކަންކަން ކޮށްދޭނެކަން މިހާރު ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ. އެއީ ކުރީގެ ވެރިން ވައުދުވަމުން ދިޔަ ނަމަވެސް މިހާރު ފެންނަނީ ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް މަސައްކަތް ކުރިޔަށްދާތަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް