އައްޑޫ ފޭދޫގައި އެމްޑީޕީ އޮފީހެއް ހުޅުވައިފި

އައްޑޫސިޓީ ފޭދޫގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އޮފީހެއް ހުޅުވައިފި އެވެ. އެ ޕާޓީގެ ޖަގަހައެއް މީގެ ކުރިންވެސް ފޭދޫ އަވަށުގައި ހުއްޓެވެ. އެކަމަކު އެމްޑީޕީ ތެރެއިން ބަޔަކު ދަ ޑިމޮކްރޭޓްސް އުފެއ...

03 Jun 2023 | 19:07

އައްޑޫސިޓީ ފޭދޫގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އޮފީހެއް ހުޅުވައިފި އެވެ.

އެ ޕާޓީގެ ޖަގަހައެއް މީގެ ކުރިންވެސް ފޭދޫ އަވަށުގައި ހުއްޓެވެ. އެކަމަކު އެމްޑީޕީ ތެރެއިން ބަޔަކު ދަ ޑިމޮކްރޭޓްސް އުފެއްދުމުގެ މަސައްކަތް ފެށުމާއި އެކު އެމްޑީޕީގެ ހަރަކާތްތައް އެ ހަރުގޭގައި ހިންގުން ވެރި ފަރާތުން ވަނީ ހުއްޓުވާފައި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ހަރުގެ ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު އައްޑޫ ސިޓީއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވަނީ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ފޭދޫ އެމްޑީޕީ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނިހާދާއި އެހެން ދާއިރާތަކުގެ އެމްޑީޕީގެ މަޖިލީސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެމްޑީޕީގެ ގިނަ ސަޕޯޓަރުން ބައިވެރިވި އެވެ.

އޮފީސް ހުޅުވުމަށް ފަހު އެތަނުގައި ވަނީ ދިވެހި ދިދަޔާއި އެމްޑީޕީގެ ދިދަ ނަގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް