ދިވެހި ފިލްމީ ދެ ތަރިން ކަމުގައިވާ އަލީ އާޒިމް (ދޮން އަައްޔަ) އާއި މުހައްމަދު ވިޝާލް (ރޯމަން) މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އަށް ސޮއިކޮށްފިއެވެ.
މިކަން އެ ޕާޓީން މިއަދު ހާމަކޮށްފައިވާއިރު އެމްޓީޑީން ބުނެފައިވަނީ އެވާޑް ވިނިންގ އެސްޓޭބްލިޝްޑް ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ) އާއި ކުރިއަރަމުން އަންނަ ފިލްމީ ތަރި އަދި ސޯޝަލް މީޑިއާ އިންފްލުއެންސާ މުހައްމަދު ވިޝާލް (ރޯމަން) އެ ޕާޓީއަށް މިއަދު ސޮއިކޮށް އެ ޕާޓީގެ ވިމެންސް ވިންގްގެ ލީޑަރު ހައްޖަ އިސްމާއިލަށް ފޯމު ހުށަހަޅާފައިވާކަމަށެވެ.
ދޮން އައްޔައާއި ރޯމަންގެ އިތުރުން މޯލްޑިވްސް ނެޝަނަލް ކްރިކެޓް ޓީމް ޕްލޭޔަރ އަދި ކެބިން ކްރޫ މުހައްމަދު ރިޝްވާން އާއި އޭވިއޭޝަން ޕައިލެޓް، ކެޕްޓަން މުހައްމަދު ފާރިޒް ފާކިރްވެސް ވަނީ އެމްޓީޑީއަށް ސޮއިކޮށްފައެެވެ. ރިޝްވާން އާއި ފާރިޒް އާއި އިތުރު ކެބިން ކްރޫންނާއި ޕައިލެޓުން ހިމެނޭހެން އެމްޓީޑީން ވަނީ އެ ޕާޓީގެ އޭވިއޭޝަން ވިންގްވެސް ތައާރަފްކޮށްފައެވެ.
މީގެ އިތުރުން ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ކުރީގެ ނެށުންތެރިޔާ/ފިލްމީ ތަރި ސްޓެޕްސް އައްޔަވެސް މި ފަހުން ވަނީ އެމްޓީޑީއަށް ސޮއިކޮށްފައެވެ.
ގިނަ ބަޔަކު އެމްޓީޑީއަށް ސޮއިކުރަމުން އަންނައިރު އެ ޕާޓީން އަންނަނީ އިލެކްޝަނުން ދީފައިވާ މުއްދަތުގައި 3000 މެންބަރުން ހަމަކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް