ދިވެހި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން އާއެކު ލަވައެއް ރެކޯޑްކޮށް އެ ވީޑިއޯވެސް ރެކޯޑްކޮށްފިއެވެ.
މި ކަން ހާމަކޮށްފައިވަނީ ދަ ނިއު އިންޑިއަން އެކްސްްޕްރެސްގެ އިންޑަލްޖަށް ޝާން ދީފައިވާ އިންޓަވިއުއެއްގައެވެ.
އެ އިންޓަވިއުގައި ޝާން ބުނެފައިވާގޮތުގައި މި ލަވައިގެ ނަމަކީ "ދިލް އުޅެޔާ" އެވެ. ޝާން ބުނެފައިވަނީ މި ލަވައަކީ ރެގޭ ސްޓައިލް މިއުޒިކްގެ ޑާންސް ލަވައެއް ކަމަށެވެ.
މި ލަވައިގާ މައިގަނޑުގޮތެއްގައި ބޭނުންކޮށްފައިވަނީ ހިންދީ ބަހާއި ޕަންޖާބު ބަސް ކަމަށް ޝާން ބުނެފައިވެއެވެ. މީގެ އިތުރުން ދިވެހި ބަހުން ލަވައިގެ ރެޕް ބައެެއް ބޭނުންކޮށްފައިވާނެކަމަށް ޝާން ބުނެފައިވެއެވެ. މި ލަވައިގާ މިއުޒިކުގައި ބޭނުންކުރާ އިންސްޓްރުމެންޓްސްގެ ތެރޭގައި ބޮޑުބެރުވެސް ހިމެނެއެވެ.
އިންޑަލްޖަށް ދީފައިވާ އިންޓަވިއުގައި ޝާން ވަަނީ އުނޫޝާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން ހިންދީ އަދި އުރުދޫ ބަހުން ލަވައިގެ ބައިތަށް އުނޫޝާ ކިޔާފައިވާލެއް ފުރިހަމަކަމަށް ޝާން ބުނެފައިވެއެވެ.
މި ލަވައިގެ ވީޑިއޯ ހާޑްރޮކް ހޮޓެލްގައި ވީޑިއޯކޮށްފައިވާއިރު މި ލަވަ ރިލީޒް ކުރާނެ ތާރީހެއް އިއުލާނުކޮށްފައެއް ނުވެއެވެ.
އުނޫޝާ ވަނީ މީގެ ކުރިން ބޮލީވުޑް ފިލްމެއް ކަމުގައިވާ ޖިސްމް 2 އަށްވެސް ލަަވައެއް ކިޔާދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް