ޕީކޭ އެހެން އަންހެނަކާއި ގުޅުން އޮންނަ މައްސަލައިގަ ޝަކީރާއާ ދެމީހުން ވަކިވަނީ

ސްޕެއިނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ބާސެލޯނާގެ ތަރި ޖެރާޑް ޕީކޭ އާއި ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ވަކިވާން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ. ދެމީހުން ނެރެފައިވާ ބަޔާނެއ...

04 Jun 2022 | 13:17

ސްޕެއިނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ބާސެލޯނާގެ ތަރި ޖެރާޑް ޕީކޭ އާއި ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ވަކިވާން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

ދެމީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދެމީހުންގެ ގުޅުން ނިމުމަކަށް ގެންނަން ނިންމާފައިވާކަން ހިތާމައާއި އެކު ޔަގީން ކޮށްދޭ ކަމަށެވެ. އެކަމަކު ދެމީހުންނަށް ލިބިފައިވާ ދަރިންނަށް ޓަކައި އެކަމާއި ގުޅޭގޮތުން އާންމުން ބަހުސްކޮށް ވާހަކަ ނުދެއްކުމަށް އެދިފައިވެ އެވެ.

އަދި މިވަގުތު އެ ދެމީހުންނަށް ޕްރައިވަސީ ބޭނުންވާ ކަމަށް ބުންޏެވެ.

ޕީކޭ އާއި ޝަކީރާ ވަކިވާން ނިންމާފައި މިވަނީ ޕީކޭ އެހެން އަންހެނަކާއި ގުޅުން އޮންނަ މައްސަލަ ޝަކީރާއަށް ފަޅާ އެރިތާ ދެތިން ހަފްތާ ފަހުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ޝަކީރާއަށް ޕީކޭ އެހެން އަންހެނެއް ގެންގުޅޭކަން ފަޅާ އެރީ އެ އަންހެން މީހާ ގޮވައިގެން ކޮޓަރިއެއްގައި އޮއްވަ ފެނުނު ހިސާބުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުގައި ކުރިން ބުނެފައިވާ ގޮތުގައި ޕީކޭ އެރޭ ކޮޓަރިއެއްގައި އޮތީ ބާސެލޯނާގެ ކުޅުންތެރިއެއްގެ މަންމަ އާއި އެކު އެވެ. އެކަމަކު ފަހުން ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އެއީ ތެދު މައުލޫމާތެއް ނޫނެވެ.

އޭގެ ފަހުން ޕީކޭ ދިރިއުޅެމުން އަންނަނީ ދަރިންނާއި އަނބިމީހާ އާއި އެކު އާއިލީ ގޭގައި ނޫން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އޭނާ ގިނަ ވަގުތު ހޭދަކޮށްފައިވަނީ ބާސެލޯނާގެ ފުޓުބޯޅަ ކުޅުންތެރިންނާއި އެކުު މަޖާކޮށް ރޭގަަނޑު ޕާޓީ ކުރުމުގައި ކަމަށް ވެ އެވެ.

ޕީކޭ އާއި ޝަކީރާ ގުޅުނީ 2011 ވަނަ އަހަރު އެވެ. ދެ މީހުންނަށް ހަތް އަހަރާއި ނުވަ އަހަރުގެ ދެ ފިރިހެން ދަރިން ލިބިފައި އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް