އެސްއެސްސީ ދިވެހި ޕޭޕަރު 1، އަލުން ޕްރިންޓު ކުރަނީ

އެސްއެސްސީ އިމްތިހާނުގެ ދިވެހި އިމްތިހާނުގެ ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމާފައިވާ ޑިޕާޓްމެންޓު އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެފި އެވެ. އެ ޑިޕާޓްމެންޓުން ކުރި ޓުވީޓެއްގައި ބުނީ އެ ޕޭޕަރު އަލ...

04 Jun 2022 | 10:14

އެސްއެސްސީ އިމްތިހާނުގެ ދިވެހި އިމްތިހާނުގެ ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމާފައިވާ ޑިޕާޓްމެންޓު އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެފި އެވެ.

އެ ޑިޕާޓްމެންޓުން ކުރި ޓުވީޓެއްގައި ބުނީ އެ ޕޭޕަރު އަލުން ޕްރިންޓު ކުރަން ނިންމީ ޕްރިންޓު ކުރުމުގައި ދިމާވެފައިވާ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ.

އަލުން ޕްރިންޓު ކުރިޔަސް ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާނު ބޭއްވުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދާ ކަމަށް މައުލޫމާތުދެ އެވެ.

އެކަމަކު ޕްރިންޓިންގައި ދިމާވި މައްސަލައިގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.

https://twitter.com/dpemv/status/1533014856752070656

މީޑިއާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އޮތް އެސްއެސްސީ އިމްތިހާނުގައި، އިސްލާމް ކަރުދާސް ދިންއިރު ދިވެހި ޕޭޕަރުގެ ބައެއް އޭގެ ތެރޭގައި ވަނީ ޕްރިންޓު ކުރެވިފަ އެވެ.

ދިވެހި ޕޭޕަރު އަލުން ޕްރިންޓު ކުރަން ނިންމީ އެހެންވެ އެވެ. މިކަމާއި ގުޅިގެން ނަތީޖާއަށް ބަދަލު ނާންނާނެތީ އިސްލާމް ޕޭޕަރު އަލުން ޕްރިންޓު ކުރުމަށް ނިންމާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް