އިނގިރޭސިވިލާތުގައި މަޝްހޫރު ހޯމް އެޕްލަޔަންސް ބްރޭންޑެއް ކަމަށްވާ "ރަސެލް ހަބްސް" އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
މިހާރު ކުރިއަށްދާ އެފްއެންޑްބީ ޝޯގައި މި ބްރޭންޑް ތައާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސޭމެވެ.
މި ބްރޭންޑަކީ ދިގު ތާރީހެއް އޮތް ބްރޭންޑެކެވެ. 70 އަހަރު ފުރިފައިވާ މި ބްރޭންޑަކީ އެންމެ ފުރަތަމަ ކަރަންޓުން ފެން ހޫނުކުރާ ފެންކުރާ ތައާރަފްކުރި ބްރޭންޑެވެ. ވެރައިޓީ ގިނަ، ތަފާތު ސްޓައިލްތަކުގެ ގިނަ ޕްރޮޑަކްޓްލިނެއް ގެންގުޅޭ މި ބްރޭންޑަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަރަށް މަގްބޫލު ބްރޭންޑެކެވެ.
މި ބްރޭންޑް ރާއްޖެއަށް ތައާރަފްކޮށްފައިވާއިރު، މި ބްރޭންޑްގެ ސްލޯ ކުކަރ، ސްޓީމަރ، ގްރިލް، އެއަރ ފްރަޔަރ، ޓޯސްޓަރ، ސޭންޑްވިޗް މޭކަރ އަދި ކޮފީ މޭކަރ ފަދަ ޕްރޮޑަކްޓްތައް އެސްޓީއޯގެ ފިހާރައިން ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއަކީ މި ބްރޭންޑްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ.
މި ބްރޭންޑްގެ ހުރިހާ ޕްރޮޑަކްޓަކަށްވެސް އެއް އަހަރުގެ ވޮރެންޓީއެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. މި މަހުގެ 10 އަކާއި ހަމައަށް މި ބްރޭންޑުގެ ހުރިހާ ޕްރޮަޑަކްޓަކުންވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް