ކޯވިޑް އަދަދުތައް 400 ގައި، މާލެއިން މިއަދު ޕޮސިޓިވްވީ 249 މީހުން

ކޯވިޑް-19 އަށް އިތުރު 432 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވީ 249 މީހުން ކަމަށެވެ. އަތޮޅުތެރެއިން ޕޮސިޓިވްވެފައިވަނީ 154 މީހުންނެވެ. ދެން މިއަދު ކޯވިޑް ޖެހިފައިވަ...

04 Jun 2021 | 17:07

ކޯވިޑް-19 އަށް އިތުރު 432 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވީ 249 މީހުން ކަމަށެވެ. އަތޮޅުތެރެއިން ޕޮސިޓިވްވެފައިވަނީ 154 މީހުންނެވެ. ދެން މިއަދު ކޯވިޑް ޖެހިފައިވަނީ ރިސޯޓުތަކުން 29 މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،056 ސާމްޕަލެވެ.

މިވަގުތު ކޯވިޑް ޖެހިގެން 21،032 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންް ދަނީ 213 މީހުންނަށެވެ.

ކޯވިޑ ޖެހުނު މީހުންގެ ތެރެއިން މިއަދު ތިން މީހަކު މަރުވި އެވެ. އެއީ 77 އަހަރުގެ ދެ މީހެއްގެ އިތުރުން 37 އަހަރުގެ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވެފައިވަނީ 177 މީހުންނެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 66،948 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް