ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އުމުރުންް 77 އަހަރުގެ ދިވެހި އަންހެނެކެވެ، އެމީހާ މަރުވީ މެންދުރު ފަހު4:30 ގައި އެެވެ.
އެމީހާ އަކީ ހަރަކާތެއ ނެތިގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންދެވުނު މީހެކެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 177 ވަނަ މީހާ އެވެ.
އަދި މިއީ މިއަދު ކޯވިޑްގައި މަރުވި ތިން ވަނަ މީހާ އެވެ. ފުރަތަމަ މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެން މަރުވީ37 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑަށް 66،516 މީހުން ޕޮސިޓިވްވެ އެވެ. އޭގެ ތެރެއިން 22،375 މީހުންނަށް ދަނީ ކޯވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.
ބަލިން ރަނގަޅުވެފައިވަނީ 43،959 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް