ކޯވިދް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 37 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ ފަތިހު 4:24 ގައި އެވެ.
އެމީހާ އަކީ ހަރަކާތެއް ނެތިގެން އައިޖީއެމްއެޗު އެމަޖެންސީ ރޫމަށް ފަރުވާ ދިނުމަށް ގެންދިޔަ މީހެކެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 176 ވަނަ މީހާ އެވެ.
އަދި މިއީ މިއަދު ކޯވިޑްގައި މަރުވި ދެ ވަނަ މީހާ އެވެ. ފުރަތަމަ މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑަށް 66،516 މީހުން ޕޮސިޓިވްވެ އެވެ. އޭގެ ތެރެއިން 22،375 މީހުންނަށް ދަނީ ކޯވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.
ބަލިން ރަނގަޅުވެފައިވަނީ 43،959 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް