ގައުމީ ޓީމުގެ ފޯވާޑު އަލީ އަޝްފާގު (ދަގަނޑޭ) ކޯވިޑް-19 އިން ރަނގަޅުވެއްޖެ އެވެ.
ދަގަނޑޭ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މިދިޔަ މަހުގެ29 ވަނަ ދުވަހު އެވެ. ޕޮސިޓިވްވި އިރު ދަގަނޑޭ ހުރީ ގައުމީޓުގެ ޓްރެއިނިން ކޭމްޕުގައި ބައިވެރިވުމަށް ޓީމާއި އެކު ޔޫއޭއީގެ ދުބާއީގައި އެވެ.
ދަގަނޑޭ ކުުރި ޓުވީޓެއްގައި ބުނީ މިއަދު ކުރި ޓެސްޓުތަކުން ކޮވިޑަށް ނެގަޓިވްވެފައިވާ ކަމަށެވެ. އަދި މާދަމާ ގައުމީ ޓީމާ އަލުން ގުޅޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ދަގަނޑޭ ކޯވިޑަސް ޕޮސިޓިވްކަންް އެނގުނީ ޓްރެއިނިން ކޭމްޕަށް ފަހު ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ކުޅުމަށް ޗައިނާއަށް ފުރުމުގެ ކުރިން ހެދި ޓެސްޓުތަކުންނެވެ. ދަގަނޑޭ އާއި އެކު ގައުމީ ޓީމުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވެސް ކޯވިޑަށް ޕޮޒިޓިވްވި އެވެ.
ދަނގަޑޭ ކޯވިޑުން ރަނގަޅުވުމުން މާދަމާ ޓީމާއި ގުޅޭ އިރު އޭނާއަށް ގެއްލޭނީ މިރޭ ރާއްޖޭގެ ގައުމީ ޓީމުން ސީރިއާ އާއި ދެކޮޅަށް ކުޅޭ މެޗު އެކަންޏެވެ. ބަލިން ރަނގަޅުވުމުން ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ފިލިޕީންސްގައި ކުޅެންޖެހޭ މެޗުގައި ދަގަނޑޭ އަށް މިހާރު ކުޅެވޭނެ އެވެ.
ކޮލިފައިންގައި މިރޭ ރާއްޖެ އާއި ސީރިއާ ބައްދަލުކުރާ މެޗު ފަށާނީ މާލޭ ގަޑިން 9:00 ގަ އެވެ.
ކޮލިފައިންގައި އަންނަ ހުކުރު ދުވަހު ރާއްޖެ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް