ކެނެޑާއިން ރާއްޖެއަށް ކޯވިޑް ވެކްސިން ހަދިޔާ ކުރަނީ

ކޯވިޑް-19 ވެކްސިން ކެނެޑާއިން ފޯރުކޮށްދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ. ކެނެޑާއިން ކޯވިޑް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ. ވެކްސިން ފ...

04 Jun 2021 | 14:29

ކޯވިޑް-19 ވެކްސިން ކެނެޑާއިން ފޯރުކޮށްދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.

ކެނެޑާއިން ކޯވިޑް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ. ވެކްސިން ފޯރުކޮށްދޭން ނިންމާފައިވަނީ ޑަބްލިއުއެޗްއޯ އިން އެކުލަވައިލައިފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ނެވެ.

ކެނެޑާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނޮން މިއަދު ވިދާޅުވީ، ކެނެޑާ އިން މި ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ސްރީލަންކާ ހިމެނޭނެ ކަމަށެވެ. އެކަމަކު ދެ ގައުމަށް ދޭން ނިންމާފައިވަނީ ކިހާ އަދަދެއްގެ ވެކްސިންއެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

އަދި ކުރިން އެ ފެސިލިޓީއަށް ފަންޑު ކުރި އަދަދުގެ ދެގުނަ މިފަހަރު އެ ގައުމުން ކޮށްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. މިފަހަރު ކެނެޑާއިން ކޯވެކްސް ފެސިލިޓީއަށް ދީފައިވަނީ 220 މިލިއަން ކެނެޑީން ޑޮލަރެވެ.

https://twitter.com/McKinnonDavid/status/1400446324777050114

ކެނެޑާގެ އިތުރުން އެމެރިކާއިން ވަނީ ރާއްޖެއަށް ކޯވިޑް ވެކްސިން ދޭން ނިންމާފައިވާކަން އިއުލާނުކޮށްފައި އެވެ. އެގޮތުން ރާއްޖެ އާއި މެލޭޝިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލާއި ޕާކިސްތާނަށް ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަން އެމެރިކާއިން ވަނީ އިއުލާނުކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް