ހދ. ކުޅުދުއްފުށީ ސިޓީން ގެއްލިގެން ހޯދަމުން އައި އަންހެން ކުއްޖާ ފެނުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އުމުރުން 16 އަހަރުގެ ކުއްޖަކު ގެއްލިގެން ރޭ 10:24 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ކުއްޖާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަަށް ފުލުހުން ބުނެއެވެ.
https://twitter.com/ShadyShades18/status/1400565984327389185
އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އަނބުރަައިގަނެގެން ނުވަތަ ހޭނެތިގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެ ކުއްޖާ އޭރު ހުރީ ކޮންތާކު ކަމެއް އަދި އޭނާ ހޮސްޕިޓަަލަށް ގެންދިޔައީ ކޮން ބައެއް ކަމެއް ސާފެއް ނުވެއެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް