ދ. ބަނޑިދޫއިން ކޯވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ހެނދުނު 11:17 ގައި އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ބަނޑިދޫ ސިއްހީ މަރުކަޒުގައި އެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 175 ވަނަ މީހާ އެވެ.
ބަނޑިދޫ ސިއްހީ މަރުކަޒުން މީޑިއާގައި ބުނީ އެމީހާ އަކީ ކޯވިޑް ޖެހިގެން ކަރަންޓިންގައި ހުރި މީހެއް ކަމަށެވެ. އެމީހާގެ ހާލު ސީރިއަސްވީ ރޭގެ ވަގުތެއްގައި ކަމަށާއި މަރުވީ މިއަދުލ. ގަން ކޯވިޑް މެނޭޖްމެންޓްް ފެސިލިޓީއަށް ގެންދިއުމަށް ހަމަޖެހިފައިވަނިކޮށް ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑަށް 66،516 މީހުން ޕޮސިޓިވްވެ އެވެ. އޭގެ ތެރެއިން 22،375 މީހުންނަށް ދަނީ ކޯވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.
ބަލިން ރަނގަޅުވެފައިވަނީ 43،959 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް