ފުވައްމުލައް ސިޓީން އިތުރު 14 މީހަކު ކޯވިޑް-19އަށް ފައްސިވެއްޖެ

ފުވައްމުލައް ސިޓީން އިތުރު 14 މީހަކު ކޯވިޑް-19އަށް ފައްސިވެއްޖެ އެވެ. ފުވައްމުލައް ސިޓީ އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ބުދަ ދުވަހުގެ އިރުއޮއްސި 6:00 ން ބުރާސްފ...

04 Jun 2021 | 11:39

ފުވައްމުލައް ސިޓީން އިތުރު 14 މީހަކު ކޯވިޑް-19އަށް ފައްސިވެއްޖެ އެވެ.

ފުވައްމުލައް ސިޓީ އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ބުދަ ދުވަހުގެ އިރުއޮއްސި 6:00 ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް ނެގުނު 180 ސާމްޕަލްގެ ތެރެއިން 14 މީހަކު ފައްސިވެފައި ވެއެވެ.

އެ ސިޓީގައި މި ވަގުތު 203 އެކްޓިވް ކޭސް އުޅޭއިރު، 336 މީހަކު ވަނީ ބަލިން ރަނގަޅުވެފައިވެއެވެ.

ނަތީޖާ ނުލިބި 155 ސާމްޕަލެއް އެބަ އޮތެވެ..

އެ ސިޓީ މި ވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެެވެ. ފުވައްމުލަށް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ފައްސިވުމާ ގުޅިގެންނެވެ.

މީގެ ކުރިން ވެސް ފުވައްމުލަކުން ކޯވިޑް-19ގެ 3 ކްލަސްޓަރއެއް ފެނުމާއި ގުޅިގެން މޮނިޓަރިންއަށް ގެނެސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް