އައްސޭރި ޖަލަށް ފޯނާއި މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފި

އައްސޭރި ޖަލަށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފޯނުތަކެއް ވައްދަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައި، އެ ތަކެތި އަތުލައިގެންފިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީ...

04 Jun 2021 | 11:35

އައްސޭރި ޖަލަށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފޯނުތަކެއް ވައްދަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައި، އެ ތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްސޭރި ޖަލަށް ބައެއް ތަކެތި ޤަވައިދާ ހިލާފަށް ވެއްދުމަށް މަސައްކަތްކުރާކަމުގެ މައުލޫމާތަކެއް ލިބި ރޭ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. އަދި މި އޮޕަރޭޝަންގައި އައްސޭރި ޖަލަށް ވެއްދުމަށް ޕޮޓުކޮއްފައިވާ މަސްތުވާތަކެއްޗާއި، މޯބައިލް ފޯނުތަކެއް ޖަލުގެ އޮފިސަރުން ހޯދާފައިވާކަމަށްވެސް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ރޭ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ތަކެތި ފުލުހުންނާއި ހަވާލުކޮށް އެ މަސައްލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ.

https://twitter.com/ahumadhumohamed/status/1400706148408250375

ނަމަވެސް، މިތަކެތި އެތެރެކުރަން މަސައްކަތް ކުރީ ކިހިނެތްކަމަށް ކޮމިޝަނަރ އަހުމަދު މުހައްމަދުފުޅު ހާމައެއް ނުކުރައްވައެވެ. މީގެ ކުރިން ވެސް، ޖަލަށް މަސްތުވާތަކެއްޗާއި ފޯނުތައް ވެއްދުމަށް ވަރަށް ގިނައިން މަސައްކަތް ކުރެއެވެ، އެކަމަކު، ފުލުހުންނާއި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި މި ފަދަ ގިނަތަކެތި ވަނީ އަތުލައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް