މިޝްކާގެ މަރު، މަސައްކަތް ކުރަނީ ވީހަވެސް އަވަހަކަށް ތަހުގީގު ރިޕޯޓު އާންމު ކުރަން: މިނިސްޓްރީ

ކޯވިޑް-19ގައި ރާއްޖޭން ނިޔާވި އެންމެ ހަގު ކުއްޖާ ފާތިމަތު މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ކުރަމުންގެންދާ ތަހުޤީގު ލަސްވަނީ ގިނަ ކަންތައްތަކެއް ބަލަންޖެހޭތީކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ. މިޝް...

04 Jun 2021 | 07:47

ކޯވިޑް-19ގައި ރާއްޖޭން ނިޔާވި އެންމެ ހަގު ކުއްޖާ ފާތިމަތު މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ކުރަމުންގެންދާ ތަހުޤީގު ލަސްވަނީ ގިނަ ކަންތައްތަކެއް ބަލަންޖެހޭތީކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މިޝްކާގެ މަރާ ގުޅޭ ތަހުޤީގާއި ގުޅިގެން ހެލްތް މިނިސްޓްރީން އިއްޔެ ވަނީ އެ މައްސަލައިގެ ރިޕޯޓް އިއްޔެ މެންދުރުފަހު ހާމަކުރާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް މިހާތަނަށް އައިިއރުވެސް މި މައްސަލައިގެ ރިޕޯޓް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ހެނދުނު އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނ ީކޯވިޑް-19 ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާދިނުން ލަސްވި މައްސަަލައިގެ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް ކުރަމުން އަންނަކަމަށެވެ. މި މައްސަލާގައި ގިނަ ކަންތައްތަކެއް ބަލަންޖެހޭތީ އެކަމަށް އިތުރު ވަގުތު ނަގާކަމަށްވެސް ހެލްތް މިނިސްޓްރީގެ ޓްވީޓްގައިވެއެވެ.

އަދި މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް މި މަސައްކަތް ނިންމުމަށްކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

އަންގާރަދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންކަމަށް އެކުއްޖާގެ އައިލާއިން ވަނީ ބުނެފައެވެ. އެގޮތުން މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ އަންގާރަ ދުވަހުގެ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރެއްހާއިރު ފަހުންކަމަށް އާއިލާއިން ބުނެއެވެ.

މިއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ ކޯވިޑް-19އަށް ފައްސިވުމުން އާއިލާއެކު ކަރަންޓީނުގައި ހުރި މިޝްކާ ހާލަތު ގޯސްވެ ފަރުވާދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެންދިޔަކަމަށް އިއުތިރާފުވެފައެވެ. އަދި މިކަމުގެ ސަބަބުން އެ ކުއްޖާގެ ހާލު ސީރިއަސްވެ، އެ ކުއްޖާ ނިޔާވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތަހުޤީގު ނިންމާ އެކަމުގައި އިހްމާލުވި ބަޔަކު ހޯދާ ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް