މިޝްކާގެ މަރު: ރިޕޯޓު ނެރެން ބުނި ވަގުތަށް ނުނެރެވި، ވަޒީރަށް ފާޑުކިޔުން!

މިހާތަނަށް ދިވެހިރާއްޖޭގައި ކޯވިޑް-19 ޖެހިގެން މަރުވި ހަމައެކަނި ތުއްތި ކުއްޖާ، ފާތުމަތު މިޝްކާ މުހައްމަދު (10) އަށް ފަރުވާ ދިނުން ލަސްވެ، އޭނާ ނިޔާވި މައްސަލައިގެ ތަހުގީގީ ރިޕޯޓް ބުދަ ދުވަހުގެ ރޭ ނެރ...

04 Jun 2021 | 07:12

މިހާތަނަށް ދިވެހިރާއްޖޭގައި ކޯވިޑް-19 ޖެހިގެން މަރުވި ހަމައެކަނި ތުއްތި ކުއްޖާ، ފާތުމަތު މިޝްކާ މުހައްމަދު (10) އަށް ފަރުވާ ދިނުން ލަސްވެ، އޭނާ ނިޔާވި މައްސަލައިގެ ތަހުގީގީ ރިޕޯޓް ބުދަ ދުވަހުގެ ރޭ ނެރޭނެ ކަމަށް ސިއްހަތާ ބެހޭ ވަޒީރު އަހުމަދު ނަސީމް ވިދާޅުވި ނަމަވެސް ރިޕޯޓް ނެރެވިފައި ނުވާތީ އާންމުން ކަންބޮޑުވެއްޖެއެވެ.

މިޝްކާގެ ހާލު ދެރަވެ އެމްބިއުލާންސް އަށް ގުޅާތާ ދެ ގަޑި އިރަށް ވުރެ ގިނަ އިރުވީ އިރު ވެސް އެއްވެސް ސިއްހީ އެހީތެރިކަމެއް ނުލިބި، ހާޓްއެޓޭކެއް ޖެހި ސިކުންޑިވެސް މަރުވެ އެންމެ ފަހުން އެ ކުއްޖާ ނިޔާވި މައްސަލައިގައި ނޫސްވެރިންާ ބައްދަލުކުރައްވައި ސިއްހަތާއި ބެހޭ ވަޒީރު ވިދާޅުވީ، އެ ވަގުތު ކޯލްތަކަށް ޖަވާބުދިން ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށެވެ.

އަދި އެކަން މި މަހުގެ 1 ވަނަ ދުވަހު ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި، ބުދަ ދުވަހުގެ ރެއަށް ތަހުގީގު ނިންމައި އެ ރިޕޯޓުވެސް އާންމުކުރައްވާނެ ކަމަށެވެ.

ހެލްތް މިނިސްޓްރީން ވަނީ އިހުމާލު ރިޕޯޓްގެ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ހާމަ ކުރާނެ ކަމަށް ބުނެފައެވެ. އެކަމަކު ބުރާސްފަތި ދުވަސް ފާއިތުވެ، ހުކުރު ދުވަހުގެ މިހާ ތަނަށް އައިރު ވެސް އެ ބުނާ ރިޕޯޓެއް އާންމުވެފައި ނުވެއެވެ.

https://twitter.com/dhuvasmv/status/1400369744813961216

މިޝްކާގެ މަރަށް ފަހު އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އިސްތިއުފާއަށް ގޮވަމުން ދިޔަ އިރު، ހާއްސަކޮށް މިކަމާއި ގުޅިގެން ވަޒީރުގެ އިސްތިޢުފާއަށް ގޮވާ އަޑު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މީސްމީޑިޔާގައި އާންމުން ބުނަމުންދަނީވަޒީރު ފެއިލްވެއްޖެ ކަމަށެވެ.

މިޝްކާގެ ރިޕޯޓު ނެރުން ލަސްވާ މައްސަލައިގަ މިނިސްޓްރީން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް