އައްޑޫގައި ވެކްސިން ޖެހޭ އާބާދީގެ 50 ޕަސެންޓް ދެވަނަ ޑޯޒު ޖަހައިފި

ކޯވިޑް-19 އިން ދިފާއުވުމަށް ހިންގޭ ގައުމީ ކެންޕޭން "ދިފާއު"ގެ ދަށުން ކުރިއަށް ގެންދާ ވެކްސިން ޕްރޮގުރާމްގައި، ދިވެނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގައި ކޯވިޑް-19ގެ ވެކްސިން ޖެހޭ އާބާދީގެ 50އިންސައ...

04 Jun 2021 | 05:19

ކޯވިޑް-19 އިން ދިފާއުވުމަށް ހިންގޭ ގައުމީ ކެންޕޭން "ދިފާއު"ގެ ދަށުން ކުރިއަށް ގެންދާ ވެކްސިން ޕްރޮގުރާމްގައި، ދިވެނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގައި ކޯވިޑް-19ގެ ވެކްސިން ޖެހޭ އާބާދީގެ 50އިންސައްތަ މީހުން ދެވަނަ ޑޯޒު ޖަހައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އައްޑޫގައި މިހާތަނަށް ކޯވިޑް-19 ވެކްސިންގެެ ފުރަތަމަ ޑޯޒު 14،050 (ވެކްސިންޖެހޭ އާބާދީގެ 91 އިންސައްތަ) މީހުން ޖަހާފައިވެއެވެ. އަދި ދެވަނަ ޑޯޒު 7938 މީހުން (ވެކްސިންޖެހޭ އާބާދީގެ 50 ޕަސެންޓް) ޖަހާފައި ވެއެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން 12،517 މީހުން ޖަހާފައިވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިން އެވެ. އަދި 1533  މީހުން ސިނޯފާމް ވެކްސިން ޖެހިއެވެ.

https://twitter.com/aeh_mv/status/1400497464520503302

ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވުމާ ގުޅިގެން އައްޑޫގައި މިހާރު ޖަހަމުން އަންނަނީ ސިނޯފާމް ވެކްސިން އެކަންޏެވެ.

އައްޑޫގައި ވެކްސިން ޖެހުމަށް ރަޖިސްޓަރީ ވާން މިހާރު ޖެހެނީ 7379951 ނަމްބަރަށް ނަމާއި، އައިޑީ ނަމްބަރު، އެޑްރެސް، އުމުރު، ކިތައްވަނަ ޑޯޒުކަން އަދި ގުޅޭނެ ނަމްބަރު ވައިބާ ކުރާށެވެ. ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތަކުން ވެކްސިން ޖެހި ތާރީހު ވެސް ފޮނުވާ މެސެޖުގައި ހިމަނަން ޖެހެއެވެ.

ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމުން ވެކްސިން ޖަހަން އަންނަންވާ ދުވަސް ހޮސްޕިޓަލުން އަންގާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް