ކޯވިޑް-19 ރޯގާއިން އައްޑޫގައި ގިނަ ބަޔަކު ރަގަޅުވެއްޖެ

އާންމުކޮށް ރިޕޯޓުކުރެވޭ އަދަދުތަކަށް ވުރެ ގިނައިން، އައްޑޫ ސިޓީ އިން އިއްޔެ ކޯވިޑް-19 އިން މީހުން ރަނގަޅުވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު 37 މީހަކު ބަލިން ރަނގ...

04 Jun 2021 | 05:16

އާންމުކޮށް ރިޕޯޓުކުރެވޭ އަދަދުތަކަށް ވުރެ ގިނައިން، އައްޑޫ ސިޓީ އިން އިއްޔެ ކޯވިޑް-19 އިން މީހުން ރަނގަޅުވެއްޖެއެވެ.

އައްޑޫ ހޮސްޕިޓަލުން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު 37 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

އިއްޔެގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ރަނގަޅުވި މި މީހުންނާއެކު އައްޑޫން ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ މި ވަނީ 182 އަށް އަރާފައެވެ. އިއްޔެ އަކީ އެއް ދުވަސްތެރޭ އައްޑޫ އިން އެންމެ ގިނަ އަދަދަކަށް މީހުން ބަލިން ރަނގަޅުވި ދުވަހެވެ.

އައްޑޫގައި 182 ކޯވިޑް-19 އިން ރަނގަޅުވިއިރު އިއްޔެ އިތުރު 3 މީހަކު ފައްސިވެފއި ވެސް ވެައެވެ. އެއީ ހުޅުދޫ އިން ދެ ވޭދަނައަކާއި ހިތަދޫ އިން ވޭދަނައެކެވެ. މި 3 ވޭދައަކީ ވެސް ސީދާ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް