ކަނބަލުން އެދުނު ގޮތަށް ހުޅުމާލޭގައި ބަށި، ނެޓްބޯޅަ އަދި ހޭންޑްބޯލް ކުޅެން ބިން ހަމަޖައްސަން ދަންނަވާފައިވާނެ ކަމަށް މާލެ ސިޓީ، ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ޒުވާނުންގެ ކަންބޮޑުވުންތައް މިނިސްޓަރ މަހްލޫފްއާ ހިއްސާކުރެއްވުމަށްފަހު ޝުޖާއު ވިދާޅުވީ، ކަނބަލުން އެދުނު (ބަށި، ނެޓްބޯޅަ ،ހޭންޑް ބޯޅަ) ކޯޓު ހުޅުމާލޭގައި ތަރައްޤީ ކޮށްދެއްވުމަށް މިނިސްޓަރ މަހުލޫފުގެ އަރިހުގައި ދެންނެވި ކަމަށެވެ.
ތިން ކޯޓު ތަރައްޤީކުރުމަށްޓަކައި، އެކަމަށް ބޭނުންވާ ބިމެއް ހޯދުމަށް މަހްލޫފް ވަނީ ޝުޖާއުއަށް ދަންނަވާފައެވެ. އަދި އެޔާއެކު ޝުޖާއު ވަނީ އެކަން ސިޓީއަކުން ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީއަށް) ދަންނަވާފައި ކަމަށް ޝުޖާއު ބުނެފައިވެއެވެ.
ޝުޖާއުގެ މި މަސައްކަތްކަށް ތާއީދުކޮށް އޭނާ ނިސްބަތް ނުވާ ޕާޓީގެ މީހުންވެސް އެކަމާ އުފާކުރާ ކަމަށާއި، އެ ކުރައްވާ މަސައްކަތްތަކަށް ހިތްވަރުދީފައި ވެއެވެ.
ސަޕޯޓްކުރާ ޕާޓީގެ މީހަކަށް ނުވި ނަމަވެސް، ރައްޔިތުންނަށްޓަކައި ޝުޖާއު ކުރައްވާ މަސައްކަތްތައް، އެހެން ޕާޓީގެ ބައެއް ފަރާތްތަކުން ވެސް ދަނީ ފާހަގަކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް