އިތުރު މީހަކު ކޯވިޑްގައި މަރުވެ، ޖުމްލަ އަދަދު 174 އަށް

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ 10:53 ގައި އެވެ. މަރުވި އިރު އެމީހާއަށް ފަރުވާ ދެމު...

03 Jun 2021 | 21:51

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ މަރުވީ ރޭ 10:53 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދަނީ ހުޅުމާލޭ މެޑިކަލް ފެސިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 174 ވަނަ މީހާ އެވެ. މި މީހާ އާއި އެކު އިއްޔެ ކޯވިޑްގައި ތިން މީހުން މަރުވެފައިވެ އެވެ.

އިއްޔެ ކުރިން މަރުވެފައިވަނީ އުމުރުން 62 އަހަރުގެ މީހަކާއި 88 އަހަރުގެ މީހެކެވެ. 88 އަހަރުގެ މީހާ އަކީ ގދ. ތިނަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް