އައިއޭއެސްގެ ސަބްސިޑަރީއަކަށް ޕޯސްޓު ލިމިޓެޑް ބަދަލުކޮށްފި

މޯލްޑިވްސް ޕޯސްޓު ލިމިޓެޑަކީ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ޕޯސްޓުގެ ހިދުމަތް ދ...

04 Jun 2018 | 11:47

މޯލްޑިވްސް ޕޯސްޓު ލިމިޓެޑަކީ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ޕޯސްޓުގެ ހިދުމަތް ދޭ ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ 99 ޕަސެންޓް ހިއްސާ އައިއޭއެސް އަށް އަދި އެއް ޕަސެންޓް ހިއްސާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ބޯޑުން ބުނީ އެ ބަދަލާ ގުޅިގެން، ޕޯސްޓް ލިމިޓެޑުން ކުރަމުން އައި މަސައްކަތާއި ގާނޫނީ ގޮތުން ލިބިފައިވާ ހައްގުތަކާއި އުފުލަން ޖެހޭ އިލްތިޒާމްތަކާއި ކުންފުނީގެ އުފުލޭ މުދަލާއި ނުއުފުލޭ މުދަލުގެ ދަރަނި ހިއްސާގެ އޮނިގަނޑާ އެއްގޮތަށް ބަދަލުވެގެންދާނެ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް