މަރާމާތަށް ފަހު ފަތާ ޓްރެކް ސަރަހައްދު ހުޅުވައިފި

މާލޭ ފަތާ ޓްރެކް ސަރަހައްދު މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވައިފި އެވެ. ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު އެ މަސައްކަތް ފެށި ދުވަހު ވިދާޅުވީ އެ ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ފެށީ އާންމ...

04 Jun 2018 | 07:44

މާލޭ ފަތާ ޓްރެކް ސަރަހައްދު މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު އެ މަސައްކަތް ފެށި ދުވަހު ވިދާޅުވީ އެ ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ފެށީ އާންމުންނާއި ސްޕޯޓްސް މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ. ފަތާ ޓްރެކް ފުން ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކުރަން ފެށީ އެތަނަށް ވެލި އަރައި އެ ސަރަހައްދު ވަރަށް ބޮޑަށް ތިލަވާތީވެ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

މަސައްކަތް ނިންމުމަށް ފަހު މިއަދު އަލުން ހުޅުވި އިރު އެ ސަރަހައްދު ވަނީ 2.5 މީޓަރާއި 3.5 މީޓަރާއި ދެމެދަށް ފުން ކޮށްފައި އެވެ.

މަރާމާތަށް ފަހު އަލުން ހުޅުވާފައި މިވަނީ ބަންދު ކުރިތާ މަސްދުވަސް ވީ ދުވަހު އެވެ.

އެ ސަރަހައްދު ފުންކޮށް މަރާމާތު ކުރަން ފެށި އިރު ޓްރެކް ވަނީ ވަރަށް ބޮޑަށް ކިލަނބުވެ، އާންމުންނަށް މޫދަށް އެރި ނޫޅެވޭވަރުވެފައި އެވެ. އަދި ދާދި ފަހުން ޓްރެކް ސަރަހައްދުގެ ބޭރުން ދިޔަ ޓަގަކުން އަޅާލި ކުނިތަކެއް ފަޅުތެރެއަށް ވަދެ މުޅި އެ ސަރަހައްދުގައި ކުނި ފެތުރުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް