ރާއްޖޭގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތް ކަމަށްވާ އުރީދޫ މަސް ރޭހުގެ ފައިނަލިސްޓުން ކަނޑައެޅުމަށް ބާއްވާ ސެމީ ފައިނަލްގެ ދެވަނަ ބުރު މިރޭ އޮންނާނެ އެވެ.
މިރޭ ވާދަ ކުރާނީ ޓީމް މިލަދޫ، ޓީމް ތާޖް އެގްޒޯޓިކާ، ޓީމް ނަލަހިޔާ އަދި ޓީމް އެމްޕީއެލްއެލް އެވެ. ސެމީ ފައިނަލްގެ މަސް ބޭނުމުގެ ހަރަކާތް އޮންނާނީ މިރޭ 10:00 ން ފެށިގެން ބްރިޖު ވިއު ޕްލެޓްފޯމްގައި އެވެ. މި ހަރަކާތްތައް ކުރިޔަށް ދާއިރު ހަބޭސް ބޮޑު ބެރު ގްރޫޕުގެ ލައިވް ޕާފާމަންސް އޮންނާނެ އެވެ.
ޖުމްލަ ހަ ޓީމެއް އުރީދޫ މަސް ރޭހުގެ ފައިނަލް ގައި ވާދަ ކުރާނެ އެވެ. އޭގެތެރެއިން ދެ ޓީމެއްމިހާރު ވަނީ ކަނޑައެޅިފައި އެވެ. އެއީ ޓީމް މިލަހަނި އާއި ޓީމް ސްޓެލްކޯ އެވެ.
ހެން އަހަރު ތަކާއި ހިލާފަށް މިއަހަރު އުރީދޫ މަސް ރޭސް ކުރިޔަށް ގެންދަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މިފަހަރުގެމ ުބާރާތުގައި އޮފީސްތަކާއި ކުންފުނިތަކާއި ރިސޯޓުތަކުން ބައިވެރިވެފަވެ އެވެ.
އޭޕްރިލް މަހު ފެށި މި މުބާރާތުގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް