"ލޯތްބާއި އެކު" ދިވެިހިން ފޮނުވި އެހީގެ ތަކެތި ގާޒާގައި ބަހަން ފަށައިފި

ފަލަސްތީނުގެ ގާޒާ ބޯޑަރު ސަރަހައްދުގައި އިޒްރާއީލް ސިފައިން ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލް އާންމުގައި ހާލުގައި ޖެހެމުންދާ އާއިލާތަކަށް އެހީވުމަށް ރާއްޖޭގައި ކުރިޔަށް ގ...

04 Jun 2018 | 04:46

ފަލަސްތީނުގެ ގާޒާ ބޯޑަރު ސަރަހައްދުގައި އިޒްރާއީލް ސިފައިން ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލް އާންމުގައި ހާލުގައި ޖެހެމުންދާ އާއިލާތަކަށް އެހީވުމަށް ރާއްޖޭގައި ކުރިޔަށް ގެންދާ ކެމްޕެއިންގެ ދަށުން ފޮނުވާތަކެތި ބެހުމަށް ތައްޔާރުވެއްޖެ އެވެ.

މި ކެމްޕެއިން ކުރިޔަށް ގެންދަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުންނެވެ. ހަމައެކަނި އެހީގެ ގޮތުގައި ފައިސާ ބަލައިގެންނަ މި ހަރަކާތުގައި ގާޒާގައި ހާލުގައި ޖެހިފައިވާ 1،000 އާއިލާއަށް ކެއުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ މި ހަރަކާތަށް މިހާތަނަށް 28،0000 ޑޮލަރު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ބުރުގައި ބަހާނީ 20،000 ޑޮލަރަށްވާ ކާނާ އެވެ. އެ ޖަމިއްޔާއިން ނިންމާފައިވަނީ މި ކެމްޕެއިންގައި ލިބޭ ފައިސާ އެއްފަހަރާ ފޮނުވާގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި ފައިސާ ލިބޭވަރަކުން ކޮންމެ 5،000 ޑޮލަރަކުން ގާޒާއަށް ފައިސާ ފޮނުވާގޮތަށެވެ.

ފުރަތަމަ ބުރުގައި 1،000 އާއިލާއަކަށް 10 ދުވަހަށް ބޭނުންވާނެ ކާބޯތަކެތި ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ. އެކަމަކު މިވަގުތު ބަހަން ތައްޔާރުވެފައިވަނީ އޭގެ ތެރެއިން 250 އާއިލާއަކަށް ބޭނުންވާ ކާނާ އެވެ. މި މަސައްކަތް ކުރަނީ ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ އަލް ފަލާހު ބިނެލޮވެންޓް ސޮސައިޓީންނެވެ.

ގާޒާގެ ރައްޔިތުންނަށް ލޯތްބާއި އެކު ދިވެހިން ފޯރުކޮށްދޭ ފުޑް ބާސްކެޓުގައި ހިމެނެނީ، ކުކުޅު، ޕާން، ކައްކާ ތެޔޮ، ކޮލިފްލާވާ/ކެބެޖް، ބީންސް، ބަށި، ފިޔާ، އަލުވި، ކިއުކަމްބާ އަދި ޓޮމާޓޯއެވެ.

ކެމްޕޭނަށް އެހީތެރިވުމަށް:

ބީއެމްއެލް އެކައުންޓް ނަންބަރު: 7770000014818 (އެހީ ޖަމިއްޔާ)

ޑޮލަރު އެކައުންޓް ނަންބަރު: 7770000014817 (އެހީ ޖަމިއްޔާ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް