ޓެކްސްގެ ގޮތުގައި 20 މިލިއަން ޑޮލަރު ދައްކަން ޖީއެމްއާރަށް މީރާ އިން އަންގައިފި

ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި ދިވެހި ދައުލަތަށް 20 މިލިއަން ޑޮލަރު ދެއްކުމަށް ޖީއެމްއާރަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައ...

04 Jun 2018 | 04:25

ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި ދިވެހި ދައުލަތަށް 20 މިލިއަން ޑޮލަރު ދެއްކުމަށް ޖީއެމްއާރަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހުޅުލޭ އެއާޕޯޓު ހިންގަން ހަވާލު ކުރި ޖީއެމްއާރުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހުރިކަމަށް އެ ކުންފުންޏަކަށް އެންގީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށް އެ ކުންފުނީގެ އޮފިޝަލަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ. އެ އޮފިޝަލާއި ހަވާލާ ދީ ނޫހުގައި ބުނެފައިވަނީ މީރާއިން އަންގާފައުވަނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ނުވަތަ ބީޕީޓީ އާއި ވިތްހޯލްޑިންގްސް ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި 20.5 މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށެވެ.

ޖީއެމްއާރުގެ އޮފިޝަލާ ހަވާލާދީ، އެ ނޫހުގައިވާ ގޮތުން މީރާ އިން އެގޮތަށް އެންގިޔަސް އެ ފައިސާ ދައްކަން ޖެހޭ ކަމަކަށް ޖީއެމްއާރު ކުންފުނިން ގަބޫލެއް ނުކުރެ އެވެ. އަދި މިހާރު އެ ކުންފުނިން މަޑުކުރަނީ އެއާޕޯޓް ހިންގަމުންދާ ކުންފުނި އެމްއޭސީއެލްގެ ޖަވާބަކަށް ކަމަށް ނޫހުގައިވެ އެވެ.

ޖީއެމްއާރު އަތުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އަތުލި މައްސަލާގައި ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ ފައިސާ ރާއްޖެއިން މިހާރު ވަނީ ޖީއެމްއާރަށް ދައްކައި، ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް