ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަބްދުއް ޝުކޫރު ސޯލިހު ވަކިކޮށް އެ މަގާމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު އައްޔަން ކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހ. މާބަނޑޭރިއާގޭ އަހުމަދު ޒުހޫރު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ޝުކޫރު އެހެން މަގާމަކަށް ބަދަލު ކުރެއްވީ ކަމެއް ވިދާޅެއް ނުވެ އެވެ.
ޒުހޫރަކީ އެއް ދައުރެއްގައި އެންމެ ގިނަ މަގާމުތައް ފުރުއްވި ރާއްޖޭގެ އެންމެ ފުރަތަމަ ވަޒީރެވެ. އޭނާ ވަނީ މި ސަރުކާރުގެ ހެލްތް މިނިސްޓަރު ކަމާއި، ހޯމް މިނިސްޓަރު ކަމާއި ޔޫތް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުވެސް އަދާ ކުރައްވާފައި އެވެ.
ޝުކޫރު ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2014 ޖޫން އަށެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް