ވައި މަޑުވެ، މޫސުން ރަނގަޅުވާން ފަށައިފި: މެޓް އޮފީސް

މުޅި ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަލިވާން ފަށާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާ...

04 Jun 2017 | 06:52

މުޅި ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަލިވާން ފަށާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ކޮންމެސް ވަރަކަށް ވާރޭވެހި ގުގުރި ނަމަވެސް އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވާނެ އެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރުގެ އަތޮޅުތަކަށް 35 މޭލު ބާރު މިނުގައި އެވެ.  އެހެން ހިސާބުތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި އެވެ.

މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ކުރި ވިއްސާރައިގަ ބޯކޮށް ވާރޭވެހި 55 މޭލަށް ވަނީ ވައިގަދަވެފައި އެވެ. މެޓް އޮފީހުން ބުނެފައިވަނީ 55 މޭލަށް ވައިގަދަވުމަކީ ގެއްލުން ބޮޑު ބާރުމިނެތް ކަމަށެވެ.

މި ވިއްސާރައިގަ އަތޮޅު ތެރޭގެ ގިނަ ރަށްރަށަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި އެވެ. ބައެއް ރަށްރަށަށް ނަގޫ ރޯޅި އަޜާފައިވާއިރު ގޭގޭ ފުރާޅު އެއްލާލާ، ބޮޑެތި ގަސްތައް ގޭގޭ މައްޗަށާއި މަގު މައްޗަށް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް