ދުވަހުގެ ރެސިޕީ: ސޮސެޖް ފްރައިޑް ރައިސް – ޝެއަރ ކޮށްގެން ކޮކާކޯލާ ކޭހެއް ލިބުމުގެ ފުރުސަތު

ބޭނުންވާނެ ތަކެތި 2 ޖޯޑު ބަތް ( ބާސްމަތީ ހަނޑުލުގެ 2 ސޮސެޖް ( ކުދިކޮށް ކޮށާފައި 2/1 ޖޯޑު ގްރީން ބީންސް ( ތުނިކޮށް ކޮށާފައި ) 1 ކެޕްސިކަމް ( ހިމުންކޮށް ކޮށާފައި) 1 ސައި ސަމުސާ އިނގުރު ލޮނުމެދު ( ޗިސްކޮ...

04 Jun 2017 | 05:42

ބޭނުންވާނެ ތަކެތި

2 ޖޯޑު ބަތް ( ބާސްމަތީ ހަނޑުލުގެ

2 ސޮސެޖް ( ކުދިކޮށް ކޮށާފައި

2/1 ޖޯޑު ގްރީން ބީންސް

( ތުނިކޮށް ކޮށާފައި )

1 ކެޕްސިކަމް ( ހިމުންކޮށް ކޮށާފައި)

1 ސައި ސަމުސާ އިނގުރު ލޮނުމެދު ( ޗިސްކޮށްފައި ހުރި)

1 ބިސް

2/1 ޖޯޑު ކެރެޓް ( ގާނާފައި ހުރި)

2/1 ހުންނަހާ ހިމުނކޮށް ކޮށާފައި ހުރި ކެބެޖް

2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

2/1 މޭޒުމަތީ ސަމުސާ އަޖިނަމޮޓޯ

3/1 ސައި ސަމުސާ މުގުރި އަސޭ މިރުސް

1 ސައި ސަމުސާ ގިތެޔޮ މިރުސް

1 ފިޔާ ( ހިމުންކޮށް ކޮށާފައި )

ލޮނުކޮޅެއް

ތެޔޮ ފޮދެއް

ހައްދަވާނެގޮތް

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ތެޔޮ ފޮދު ހޫނުވީމާ ފިޔާ، ، ކެބެޖް، ކެރެޓް، ކެޕްސިކަމް ، މިރުސް، އެއްކޮށް އަޅާ ލުމަށްފަހު މަޑު ގިނީގައި މޯޅި ވަންދެން ދޭފަތުން ހަލަމުން ދާށެވެ. ފިޔާކޮޅު މޯޅި ވުމުން ފަހަރަކު ބާވަތެއް އަޅަމުން އެއްކުރަމުން ދާށެވެ. ރަހަ ނިކުންނަ ވަރު ވުމުން ބަތް ކޮޅުއަޅާފައި އެއްކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.

ދުވަހުގެ ރެސިޕީ ސެގްމެންޓަކީ ކާނާ.އައިއޯ އާއި ގުޅިގެން ކުރިއަށް ގެންދެވޭ ސެގްމެންޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް