ދުވަހުގެ ރެސްޓޯރެންޓް: ވައިމިއާ ރެސްޓޯރެންޓް – އޮންލައިން ކޮށްވެސް ބުކިން ހަދާލެވޭނެ

ދުވަހުގެ ރސްޓޯރެންޓްގެ ގޮތުގައި ދުވަހުގެ ކިޔުންތެރީންނަށް މިއަދު މި ގެނެސްދެނީ ދިވެހިންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދަމުން އަންނަ ވައިމިއާ ރޯޔަލް ރެސްޓޯރެންޓެވެ. މި ރޯދަމަހު ހަފްތާގެ ކޮންމެ ދުވަ...

04 Jun 2017 | 05:32

ދުވަހުގެ ރސްޓޯރެންޓްގެ ގޮތުގައި ދުވަހުގެ ކިޔުންތެރީންނަށް މިއަދު މި ގެނެސްދެނީ ދިވެހިންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދަމުން އަންނަ ވައިމިއާ ރޯޔަލް ރެސްޓޯރެންޓެވެ.

މި ރޯދަމަހު ހަފްތާގެ ކޮންމެ ދުވަހަކަށް ވަކި ހާއްސަ މެނޫއެއް ވައިމިއާ ރެސްޓޯރެންޓުން ވަނީ ހާމަކޮށްފަ އެވެ.

ވައިމިއާ ރޯދަ މެނޫއަށް ބަލާލާއިރު ޗިކަން ބިރިޔާނީ، ޗިކަން ޓީކާ މަސާލާ، ކަންކުންބީފް، ޗިލީ ޗިކަން އަދި ގްރިލްޑް ފިޝް ހިމެނެ އެވެ. މީގެ އިތުރުން ކަރާފަނި، އަލަނާސިފަނި އަދި ޕެޝަން ފްރުޓް ފަދަ ބުއިންތައް ހިމެނެ އެވެ.

ކަޅުހުރާ މަގުގައި ހުންނަ ވައިމިޔާ ރޯޔަލް ރަމަޟާން މެނޫގެ އަގަކީ މީހަކަށް 199 ރުފިޔާ އެވެ.

ވައިމިއާ ރެސްޓޯރެންޓުން ރޯދަވީއްލަން ބޭނުންފުޅު ނަމަ އޮންލައިންކޮށްވެސް ބުކިން ހަދާލެވިދާނެ އެވެ. ވައިމިއާ ރެސްޓޯރެންޓްގެ ވެބްސައިޓް http://waimearoyal.com/ މެދުވެރިކޮށް އޮންލައިންކޮށް ބުކިން ހެދުމުގެ ފުރުސަތު ރެސްޓޯރެންޓުން ހުޅުވާލާފައި ވެ އެވެ.

މި އާޓިކަލް ޝެއާކޮށްގެން ހިލޭ ރޯދައްވީއްލުމުގެ ފުރުސަތު ތިބާ އަށް އެބައޮތެވެ. ޝެއާކުރާއިރު ދުވަސް ގައިޑް ލައިންސް އާއި އެއްގޮތަށް ކުރުމަށް އެދެމެވެ.

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މާލެއާއި އަތޮޅުތެރޭގެ ރެސްޓޯރެންޓް ތަކަށް ވަނީ ހުޅުވާލެވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް