ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރު ކަމަށް އައއްޔަން ކުރެއްވުމަށް ހ. ފޮއްދޫގޭ މުހައްމަދު ނަޝީދު (ކާނަލް) އަށް ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެ މައްސަލަ ވަނީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އެވެ. މާދަމާގެ ޖަލްސާގައި އޮންނާނީ ނަން އިއްވުމަށް ފަހު ކާނަން ނަޝީދު އެ މަގާމަށް އައްޔަން ކުރަން ފެނޭތޯ ބެލުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
ޑީއާރުޕީ ހިންގެވުމާއި ހަވާލުވެ ހުންނެވި ކާނަލް ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާއި ކޯލިޝަން ހަދައިގެންނެވެ. މާލޭ ސިޓީ ކައުންސިލަށް ސަރުކާރު ކޯލިޝަންގެ ފަރާތުން ނުކުތް ޑީއާރުޕީގެ ކެންޑިޑޭޓު މުހައްމަދު ފިޝާވިން ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.
ކާނަލް އެންމެ ފުރަތަމަ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވީ އެމްޑީޕީގެ ފަރާތުންނެވެ. މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީވެސް އެ ޕަޓީގެ ޓިކެޓުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް