އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) ތިން ވަނަ ފަހަރަށް ހޮވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް މެންބަރުން ހުވާކުުރމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ޝަރަފުއްދީން ސްކޫލްގައި އެވެ. ޑެޕިއުޓީ މޭޔަރަކަށް ހޮވިވަޑައިގަތީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފެވެ.
މިފަހަރު އައްޑޫ ސިޓީ ކައުންސިލަށް ވަނީ ފުރަތަމަ ފަހަރަށް އަންހެން ކަނބަލަކު އިންތިހާބުވެވަޑައިގެންފަ އެވެ. އެއީ ހިތަދޫ މެދު ދާއިރާ ކައުންސިލަރު ޖަމްޝީދާ މުހައްމަދެވެ.
މީގެ ކުރިން އެ ކައުންސިލްގައި ތިއްބަވަނީ ހަބޭފުޅުންނެވެ. އެއީ ހިތަދޫ އުތުރު ދާއިރާ، ހިތަދޫ މެދު ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ އަދި ހުޅުމީދޫ ދާއިރާގެ މެމްބަރުންނެވެ. ނަމަވެސް މިފަހަރު ހުޅުދޫ އަދި މީދޫ ވަކި ދެ ދާއިރާއެއްގެ ގޮތުގައި ދެ ކައުންސިލަރުން ވަނީ އިންތިހާބުވެފައެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ޖުމްލަ ހަތް ކައުންސިލަރުން ތިއްބާއިރު ހުރިހާ ކައުންސިލަރުންނަކީ އެމްޑީޕީގެ ކައުންސިލަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް