ފުވައްމުލަކު ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރަކަށް އަބްދުﷲ ފަލާހު ޝަރީފް މިއަދު އިންތިހާބު ކޮށްފި އެވެ.
އެމްޑީޕީގެ ޓިކެޓްގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ފަލާހް މޭޔަރު ކަމަށް އިންތިހާކު ކުރީ ކައުންސިލްގެ ތިން މެންބަރުންގެ އިއްތިފާގުންނެވެ. ޑެޕިއުޓީ މޭޔަރު ކަމަށް ހޮވުނީ އެމްޑީޕީ ޓިކެޓްގައި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު ޟިރާރެވެ.
ފަލާހާއި ޟިރާރުގެ އިތުރުން އެ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވަނީ އުތުރު ދާއިރާއިން ޕީޕީއެމް ޓިކެޓްގައި އިންތިޚާބުވި ހަމަދު އަބްދުﷲ އެވެ.
ރައީސް އަބްދުﷲ ޔާމީން އިއްޔެ ވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި އިދާރާއެއް އުފައްދަވައި، ކުރިން އެރަށުގެ ކޮންމެ އަވަށެއްގައި ހުރި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ އިދާރާ އުވާލައްވައިފަ އެވެ.
ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މިދިޔަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް