މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން، ދިޔަވެ އަޑިއަށްދިޔަ އެކުއާޝަން ހޮލިޑޭސް ސަފާރީގެ "ވިދުވަރު" ނަމަކަށް ކިޔާ ޑައިވިންގ ދޯނި ވ.ފުލިދޫ ކަނޑުން އޮޔާދާތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް ގައުމީ ދިފާއީ ބާރުން އިލްތިމާސްކޮށްފި އެވެ.
ދިފާއީ ބާރުން ބުނީ މިއަދު މެންދުރު ހިނގި މިހާދިސާގައި އަޑިއަށްދިޔަ ދޯނީގައި ތިބި ދެ ފަޅުވެރިން ދޯނި އަޑިއަށް ދާން ފެށުމުން ސަފާރީއަށް ނަގާފައިވާކަމަށާއި މި ދޯންޏަކީ 43 ފޫޓް ދިގު، މުޅިދޯނީގައި ފެހި ކުލައިގެ ދަވާދު ލާފައިވާ އަދި ހުދުކުލައިގެ ސަންޑެގެއް އަޅާފައިވާ ދޯންޏެއް ކަމަށެވެ.
އެހެންކަމުން މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް ގައުމީ ދިފާއީ ބާރުން އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް