ހަފްތާ ތެރޭގައި ދެވަނަ ފަހަރަށް އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދީފި

ފަލަސްތީނުން އިއްޔެގެ ވަގުތެއްގައި އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިން ކަމަށްބުނެ އިޒްރޭލުން ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. މިއީ އިޒްރޭލުން ފަލަސްތީނަށް މި ހަފްތާތެރޭގައި ހަމަލާދިން ދެވ...

04 Jun 2015 | 15:21

ފަލަސްތީނުން އިއްޔެގެ ވަގުތެއްގައި އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިން ކަމަށްބުނެ އިޒްރޭލުން ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. މިއީ އިޒްރޭލުން ފަލަސްތީނަށް މި ހަފްތާތެރޭގައި ހަމަލާދިން ދެވަނަ ފަހަރެވެ.

އިޒްރޭލުން ފަލަސްތީނަށް މިއަދު ދިން ހަމަލާތަކާ ބެހޭގޮތުން ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ އެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ނަމަވެސް އިޒްރޭލުން ގާޒާގައި ހަމާސް އިން ހިންގަމުން އަންނަ ތިން މިލިޓަރީ ޓްރޭނިން ބޭސް އަކަށް ހަމަލާދިން ކަމަށްވެސް ސަލާމަތީ ބާރުތަކުން ބުނެ އެވެ.

މި ހަފްތާގެ ކުރީކޮޅުވެސް އިޒްރޭލުން ވަނީ ފަލަސްތީނަށް ހަމަލާތަކެއް ދީފަ އެވެ. އެފަހަރުވެސް ހަމަލާތައް ދީފައިވަނީ ގާޒާއިން ފަލަސްތީނަށް ރޮކެޓް ހަމަލާއެއް އަމާޒުވި ކަމަށް ބުނެ އެވެ.

މީގެ ކުރިން 50 ދުވަހަށް ދިގުދެމިގެންދިޔަ ހަމަލާތައްވެސް އިޒްރޭލުން ގާޒާއަށް ދީފައިވަނީ ފަލަސްތީނުން އިޒްރޭލަށް ހަމަލާދޭކަމަށް ބުނެ އެވެ.

50 ދުވަހަށް ދެމިގެންދިޔަ އެ ހަމަލާތަކުގައި ފަލަސްތީނުގެ 2200 މީހުން މަރުވި އެވެ. އިޒްރޭލުން މަރުވީ އެންމެ 73 މީހުންނެވެ. ހަމަލާތަކުގެ ގާޒާއަށް ލިބުނު ގެއްލުމުގައި 160000 ގެ ހަލާކުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް