ކެންޑިޑޭޓުންގެ ހައްގަށް އުނިކަން އަންނަ ފަދަ ކަމެއް ނުކުރަން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިލްތިމާސްކޮށ...

04 Jun 2015 | 10:05

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ހިންގާ ހަރަކާތްތައް ކުރިއަށް ގެންދަން ޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. ކޮމިޝަނުން ބުނީ އެއްވެސް ކެންޑިޑޭޓެއްގެ ހައްގަށް އުނިކަން އަތުވެދާނެ ފަދަ ކަމެއް ހިނގާ ނަމަ އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަަހަޅައި އެކަން ހުއްޓުވައި ދިނުމުގެ ހައްގު ކެންޑިޑޭޓުންނަށް ލިބިގެންވާ ކަމަށެވެ.

އިލެކްޝަނުގެ ބަޔާނުގައި ވަނީ ކެންޑީޑޭޓުންނަށް ތާއީދު ހޯދުމަށް ރާވާ ހިންގާ ހުރިހާ ހަރަކާތެއް ވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 28 އަދި 29 ވަނަ މާއްދާއާ ހިލާފު ނުވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފަ އެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ފާރިިސް މައުމޫނާއި އިދިކޮޅު އެމްޑީޕީގެ އަހުމަދު ރާޒީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ މޫސާ ނަސީރު އަހުމަދު އަދި ޝަމީމް އަލީ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް