ބ. އަތޮޅަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް ހާލުގައި ޖެހިއްޖެ

މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "ނަސްރު" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވުމުގެ ސަބަބުން އިންޖީނު ހުއްޓި ދޯނީގައި ހުރި ބައެއް މުދާތައް ކަނޑަށް ދޫކޮށްލައިފި އެވެ. އެ ދޯނި ދިޔަވަމުންދާކަނ...

04 Jun 2015 | 09:25

މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "ނަސްރު" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވުމުގެ ސަބަބުން އިންޖީނު ހުއްޓި ދޯނީގައި ހުރި ބައެއް މުދާތައް ކަނޑަށް ދޫކޮށްލައިފި އެވެ.

އެ ދޯނި ދިޔަވަމުންދާކަން ބ. ގޮއިދޫ ކައުންސިލަށް އެ ދޯނީގައި ތިބި މީހުން އަންގާފައިވަނީ މިއަދު ހެނދުނު 09:30 ހާއިރު އެވެ. އެ ދޯނި ހާލުގައި ޖެހުނީ ދޯނި ދިޔަވެ އިންޖީނު ހުއްޓުމުގެ އިތުރުން ފެން ހިއްކަން ބޭޏުންކުރި ޕަންޕުވެސް ހަލާކުވުމާއި ގުޅިގެންނެވެ.

ފުލުހުން ބުނީ އެ ދޯންޏަށް ދިޔަވަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން މިހާރު ދަނީ އެ ދޯނި އޮތް ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ. އަދި ފުލުހުންގެ އިތުރުން ވެސް ސިފައިންނާއި ބ. ގޮއިދޫ ދޯންނަކުން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުންޏެވެ.

އެ ދޯނި މިހާރު އޮތީ ގޮއިދު އާ ހަތް މޭލު ބޭރުގަ އެވެ. ދޯނީގައި ދެ ބިދޭސީއަކާއި ދިވެއްސަކު ތިބި އިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިއަދު ހެންދުނު ރ ދުވާފަރު ކައިރިންވެސް ވަނީ މީހުން ގޮވައިގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ގޮސްފަ އެވެ. އަދި މާލެ އަތޮޅުގައި ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވުމުން އެމްއެންޑީއެފުން ވަނީ އެހީތެރިވެދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް