ދާ އަޅައިގެން މަސް ހިފަން އުޅުނު ދެ މީހަކު މަރުވެއްޖެ

ގދ. ފިޔޯރީގައި ދާ އަޅައިގެން މަސް ހިފަން އުޅުނު ދެ މީހަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފިޔޯރީގެ ހުޅަނގު އުތުރު ފަރާތު މޫދުގައި ދާ އަޅަން އުޅުނު ދެ ފ...

04 Jun 2015 | 07:23

ގދ. ފިޔޯރީގައި ދާ އަޅައިގެން މަސް ހިފަން އުޅުނު ދެ މީހަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފިޔޯރީގެ ހުޅަނގު އުތުރު ފަރާތު މޫދުގައި ދާ އަޅަން އުޅުނު ދެ ފިރިހެނުން މަރުވެފައި ވަނީ ކަނޑު ގަދަވެ، އުފެދުނު ބާރު އޮއިގަނޑެއްގައި ޖެހިގެންނެވެ. އެ ދެ މީހުން މަރުވެފައިވާކަން މެންދުރުފަހު 12:20 ހާއިރުއެވެ.

މަރުވި ދެ މީހުންނަކީ ހުސައިން ޝިހާބު، 53، އާއި އަބްދުﷲ ދާވޫދު، 60، އެވެ. އެމީޙުން ދާ އަޅައިގެން މަސް ހިފަން މޫދަށް އެރުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 07:30 ހާއިު އެވެ. އަދި މަރުވެފައިވަނީ ގާތްގަނޑަކަށް 10:30 ހާއިރު އެވެ.

އެމީޙުން މަސްހިފަންތިބީ ފިއޮރީއާއި ގާތްގަނޑަކަށް 450 ފޫޓު ދުރުގައި އޮންނަ، އެ ރަށު މީހުން "މާނޭރު މައްކޮޑު"އޭ ކިޔާ ދޮންވެލިގަނޑެއް ކަހަލަ ތަނެއްގަ އެވެ.

ޝިހާބާއި ދާވޫދު ގެނބެނިކޮށް ފެނުނީ އަތިރިމަތީގައި އޭރު ހުރި މީހަކަށެވެ. އޭނާއަށް ދުއްވާ އެއްޗެއް ހޯދައިގެން އެހިސާބަށް ދެވުނު އިރު ދާވޫދު މަރުވެފައިވާކަމަށާއި ޝިހާބު މޫދުން ނެގި އިރު ކޮންމެވެސް ވަރަކަށް ވިންދު ހުރިކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް